ހުޅުމާލޭ ފޭސް ދޭއްގައި ކުޑަކުދިންތަކެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުން މިރޭ ބުނީ އެ މާރާމާރީ ހިންގިކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:00 އެހާކަންހާއިރު ކަމަށެވެ. އެ މާރާމާރީގައި އެކަކު ޒަހަމްވެފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، އެ މާރާމާރީއާ ގުޅިގެން ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަތަރު ކުއްޖަކު ހިފަހައްޓާފައިވާ ކަމަށެވެ.
މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ. ފުލުހުންވެސް އެ މައުލޫމާތު ހިއްސާއެއް ނުކުރެއެވެ.