ޚަބަރު

އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ފަޒީނާ އައްޔަންކޮށްފި

އެސްޓީއޯގެ ބޯޑު ޑިރެކްޓަރަކަށް ގދ. ގައްދޫ/ ބިލަތްމާގެ، އައިޝަތު ފަޒީނާ މިއަދު އައްޔަންކޮށްފިއެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ފަޒީނާ ބޯޑު ޑިރެކްޓަރަކަށް އައްޔަންކުރީ އިއްޔެއެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި ފަޒީނާއަކީ މީގެ ކުރިން އާންމު ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަން 2018 ވަނަ އަހަރު ކުރެއްވި ބޭފުޅެކެވެ.

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން މަގާމެއް ހުސްވީ ކުރިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މުރާދު މިދިޔަ ޖަނަވަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ. މުރާދު އެ މަގާމަށް ހަމަޖެއްސީ 6 ޑިސެމްބަރު 2023ގައެވެ.