މި އަހަރުވެސް ރޯދަ މަހުގެ ފަހު 10 ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރޯދަމަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެގޮތުން މިދިޔަ އަހަރުގެ ރޯދަ މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން 4 ފެބުރުވަރީ 2024 ގައި ވަނީ ދެންނެވުމަށް ނެރެފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރޯދަ މަހުގެ ފަހު 10އާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި މުއައްސަސާތަކުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް މުއިއްޒު އަންގަވާފައިވާ ކަމަށެވެ.