ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުތަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އިންކާރު ކުރައްވައިފިއެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާ މިއަދު ހެނދުނު 10:00 ގައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުކޮށް ބަޔާން ނަގައިފައެވެ
އެނގިފައިވާ ގޮތުގައި އަޒްމިރަލްދާ ވަނީ އޭނާއަށް އަމާޒުވާ ތުހުމަތުތަކަށް އިންކާރުކުރައްވައި އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.
އެކަމުގެ ތަފްސީލެއް ހޯދުމަށް އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް "ވަން" އަށް މެސެޖުކޮށް ގުޅުމުންވެސް ޖަވާބެއް ދެއްވާފައިނުވާތީ އިތުރު ތަފްސީލެއް ވަނީ ލިބޭގޮތް ނުވެފައެވެ.
އަޒްމިރަލްދާ ވަނީ އޭނާއަށް އަމާޒުވާ ތުހުމަތުތަކަށް އިންކާރުކުރައްވައި އެއީ ދޮގު ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުވެސް ޖޭއެސްސީއަށް ހާޒިރުކޮށް ވަނީ ބަޔާން ނަގައިފައެވެ.
ޖޭއެސްސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން އަޒްމިރަލްދާ އާއެކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސޫއޫދު ވެސް ސަސްޕެންޑްކުރިއެވެ. ނަމަވެސް ސަސްޕެންޝަނާއެކު ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފައެވެ.