ޚަބަރު

ކުރީގެ މެންބަރު އަސްމާގެ ފިރިކަލުން، މުންދުގެ ބައްޕާފުޅު އަވަހާރަވެއްޖެ

1

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި، މާފަންނު މެދު ދާއިރާގެ ގޮނޑި ފުރުއްވި، އަސްމާ ރަޝީދުގެ ފިރިކަލުން އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ގެ ބައްޕާފުޅު ހުސައިން ޝަރީފު މިއަދު އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުސައިން ޝަރީފު އަވަހާރަވީ ހާލުކޮޅު ސީރިއަސް ވެގެން އިންޑިއާގެ ބެންގަލޫރަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

ހުސައިން ޝަރީފަކީ، ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާބޭފުޅެކެވެ.

އޭނާ އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގައެވެ. އެގޮތުން މުވާސަލާތީ ދާއިރާގައި ޝަރީފް މަސައްކަތް ކުރައްވަން ފެއްޓެވީ 1974 ން ފެށިގެންނެވެ. ނަމަވެސް އެންމެ ފަހުން ހިދުމަތް ކުރެއްވީ ފޮރިން މިނިސްޓްރީގައެވެ.

އެ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުކަން 2003 ން ފެށިގެން އަދާކުރެއްވުމަށްފަހު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުވުމުން ސަރުކާރުން ވަކިވެވަޑައިގެންނެވިއެވެ.

ކުރީގެ ރޫސީ ވިލާތުން މަތީ ތައުލީމް ހާސިލްކުރެއްވި ހުސައިން ޝަރީފް ސަރުކާރުގެ އެކި މަގާމުތަކުގައި 36 އަހަރު ހިދުމަތްކުރެއްވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟