ސްޕެއިން އާއި ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުންނަށް ރުހުން ހޯދުމަށް ރައްްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސްޕެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އާދަމް، ހ. އޯކިޑް ގެ ނަމެވެ.
ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނުކުރަން ރައީސް ފޮނުއްވާފައި ވަނީ ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުހައްމަދު ލުވެއިޒް، މއ. ދިލާސާގެ ނަމެވެ.
އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.