މިއަދަކީ މި އަހަރުގެ ރޯދަ މަހުގެ ހަ ވަނަ ދުވަހެވެ. ބާޒާރުގައި މިއަދު ވެސް ގިނަ ބާވަތްތައް ލިބެން ހުރި އިރު އަގުތަކަށް އިއްޔެއާ އަޅައި ބަލާއިރު، މާ ބޮޑު ބަދަލެއް ނާދެއެވެ.
އެހެން ދުވަސް ދުވަހާ ހިލާފަށް ބާޒާރުގައި މިއަދު ބާޒާރުގައި ފަތްޕިލާވެލީގެ ބާވަތްތައް ގިނައެވެ. އަދި ފަނިގިރާ ބާވަތްތައްވެސް ބާޒާރުގައި މިއަދު ގިނައެވެ. އޭގެތެރެއިން އެންމެ ގިނައިން ފެންނަން ހުރީ އަނބެވެ. ބައެއް އަނބުތައް ހުރީ ވަރަށް ބޮޑަށް ދޮންވެފައެވެ.
ފަނި ގިރާ ބާވަތްތައް:
- ކަރާ: 20-25 ރުފިޔާއަށް ކިލޯއެއް
- ރޮކް މެލަން: 70 ރުފިޔާއަށް ކިލޯއެއް
- ސްވީޓް މެލަން: 45 ރުފިޔާއަށް ކިލޯއެއް
- އިޖިޕްޓް ފޭރު: 140 ރުފިޔާއަށް ކިލޯއެއް
- ދިވެހި ފޭރު: 120 ރުފިޔާއަށް ކިލޯއެއް
- ކުރުނބަލެއް: 30-50 ރުފިޔާއަށް
- ފެޝަން ފުރުޓް: 120-150 ރުފިޔާއަށް ކިލޯއެއް
- ދޮންކެޔޮ: 45-50 ރުފިޔާއަށް ކިލޯއެއް
- ފުސްކެޔޮ: 55 ރުފިޔާއަށް ކިލޯއެއް
- ފަޅޯ: 30-45 ރުފިޔާއަށް ކިލޯއެއް
- ކަށިކެޔޮ (ރަތް): 10-15 ރުފިޔާއަށް ވަކެއް
- ރޯ ކަދުރު: `150 ރުފިޔާއަށް ކިލޯއެއް
- އޮރެންޖެއް: ފަސް ރުފިޔާއަށް (ކޭހެއް 370-400 ރުފިޔާއަށް)
- އާފަލެއް: ފަސް ރުފިޔާއަށް (ކޭހެއް 750 ރުފިޔާއަށް)
- މެންޑްރިން: 65 ރުފިޔާއަށް ކިލޯއެއް
- މޭބިސްކަދުރު: 25 ރުފިޔާއަށް 100 ގްރާމް
- އަނބު: 80-100 ރުފިޔާއަށް ކިލޯއެއް (ރާއްޖެ އަނބު)
- ބޭރު އަނބު: 55 ރުފިޔާއަށް ކިލޯއެއް ( ކޭހެއް 750 ރުފިޔާއަށް)
- އަންނާރު: 65-80 ރުފިޔާއަށް ކިލޯއެއް
ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތަކުގެ އަގުތައް:
- އަލުވި: 20 ރުފިޔާއަށް ކިލޯއެއް (25 ކިލޯގެ ބަސްތާއެއް 350 ރުފިޔާއަށް)
- ކިއުކަމްބާ: 55-70 ރުފިޔާއަށް ކިލޯއެއް (700 އަށް ބަސްތާއެއް)
- ބަށި: 50-55 ރުފިޔާއަށް ކިލޯއެއް
- ޓޮމާޓޯ: 25 ރުފިޔާއަށް ކިލޯއެއް
- ބަޓާނާ: 35 ރުފިޔާއަށް ކިލޯއެއް
- ލެޓިއުސް: 90 ރުފިޔާއަށް ކިލޯއެއް
- ކައްޓަލަ: 60-80 ރުފިޔާއަށް ކިލޯއެއް
- ތޮޅިމިރުސް: 150-250 ރުފިޔާއަށް ކިލޯއެއް
- ގިތެޔޮމިރުސް: 200-250 ރުފިޔާއަށް ކިލޯއެއް
- ލުނބޯ: 40-45 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 280-300 ރުފިޔާއަށް)
- ކެޕްސިކަމް: 80 ރުފިޔާއަށް ކިލޯއެއް
- ކެރެޓު: 35 ރުފިޔާއަށް ކިލޯއެއް (8 ކިލޯގެ ކޭހެއް 350 ރުފިޔާއަށް)
- ބަރަބޯ: 35 ރުފިޔާ އަށް ކިލޯއެއް
- ބެލްޕެޕާ: 90 ރުފިޔާ އަށް ކިލޯއެއް
- ބީންސް: 80 ރުފިޔާ އަށް ކިލޯއެއް
- ލޭޑީސް ފިންގާ: 65 ރުފިޔާއަށް ކިލޯއެއް
- ކޯނީ ފްލަވާ: 80 ރުފިޔާއަށް ކިލޯއެއް
- އިނގުރު: 85-95 ރުފިޔާއަށް ކިލޯއެެއް (700-720 ރުފިޔާއަށް ބަސްތާއެއް)
- ލޮނުމެދު: 150-160 ރުފިޔާއަށް ކިލޯއެއް، (1550 ރުފިޔާއަށް ބަސްތާއެއް)
- މުރަނގަ ތޮޅި: 130 ރުފިޔާއަށް ކިލޯއެއް
- ފާގަ: 50 ރުފިޔާއަށް ކިލޯއެއް
- ބިސް: ވަކިން ބިހެއް 2 ރުފިޔާއަށް (360-380 ރުފިޔާއަށް ކޭހެއް)
- ފިޔާ: ކިލޯއެއް 15-20 ރުފިޔާއަށް (370-400 ރުފިޔާއަށް ބަސްތާއެއް)
ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެން ހުރި އަގުތައް:
- ކަންކުން: 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް: 25 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ކޮޕީ ފަތް: 15 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް: 6 ރުފިޔާއަށް ފަތެއް
- ކާއްޓެއް: 30-65 ރުފިޔާއަށް
- ގަބުޅިއެއް: 30-34 ރުފިޔާއަށް
އެސްޓީއޯއިން ބައެއް ބާވަތްތައް ވިއްކާ އަގުތައް:
- ފިޔާ: ބަސްތާއެއް 335 ރުފިޔާ، ވަކިން ކިލޯއެއް 14 ރުފިޔާ
- ބިސް: ކޭހެއް 350 ރުފިޔާއަށް، ވަކިން 2 ރުފިޔާ
- އަލުވި: ބަސްތާއެއް 515 ރުފިޔާއަށް، ކިލޯއެއް 25 ރުފިޔާއަށް (25 ކިލޯ)
- ލުނބޯ ކޭހެއް: 145 ރުފިޔާއަށް ކޭހެއް
- ކާށި: 20 ރުފިޔާއަށް ކިލޯއެއް
- ލޮނުމެދު 45 ރުފިޔާއަށް ކިލޯއެއް.
މަސް މާރުކޭޓުގެ އަގުތައް:
- ކަނޑުމަސް: 30 ރުފިޔާއަށް ކިލޯއެއް
- ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް
- މާނިޔަ މަސް: 65ރުފިޔާއަށް މަހެއް
- ހަންޖެއް: 200-250 ރުފިޔާއަށް
- މުށިމަސް: 30 ރުފިޔާއަށް ހަތަރު މަސް
- ދޮންމަސް: 20-30 ރުފިޔާއަށް ހަތަރު މަސް
- ރިތް މަސް: 40 ރުފިޔާއަށް ހަތަރު މަސް
- މެދު ސައިޒުގެ ރަތް މަހެއް: 80 ރުފިޔާއަށް
- ރަތް މަސް ކިލޯއެއް 150 ރުފިޔާއަށް
- މެދު ސައިޒުގެ ފިލޮޅެއް: 80-100 ރުފިޔާއަށް
- މެދު ސައިޒުގެ ފާނައެއް: 50-80 ރުފިޔާއަށް
- މެދު ސައިޒުގެ ތޮޅިއެއް 65 ރުފިޔާއަށް.