ޚަބަރު

ބީއެމްއެލް އެޕް އަދި ޕޯޓަލް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ

މި އަހަރުވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް އެޕް އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭ ގޮތް އެ ބޭންކުން ހަމަޖައްސައިފިއެވެ.

ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޒަކާތް ދައްކާނަމަ އެޕްލިކޭޝަންގެ "More" ޖަހާފައިވާ ޓެބަށް ފިތާލުމުން ޒަކާތް ދެއްކުމަށް ބޭނުންވާ ލިންކް ފެންނާނެއެވެ. އަދި ޒަކާތް ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އެވެ. ޒަކާތް ޕޯޓަލްގެ ލިންކަކީ https://zakaaiy.bankofmaldives.com.mv/

ބީއެމްއެލް މޮބައިލް އެޕް އަދި ބީއެމްއެލް ޒަކާތް ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ހަވީރު 6:00 އާ ހަމައަށް ޒަކާތް ދެއްކޭނެއެވެ.