ޚަބަރު

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ

ފާތިމަތު ލިޔުޝާ

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފިއެވެ.

ޒަކާތު ހައުސް އިން މިއަދު ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00އާ ހަމައަށް ކަނޑައަޅާފައިވާ މުއައްސަސާތައް މެދުވެރިކޮށް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ.

އުމުރުން ދުވަސްވީ މީހުންނަށާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.

އެގޮތުން އަންނަ މަހުގެ ދެވަނަ ދުވަހުން 20 ވަނަ ދުވަހަށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:00 އަށެވެ. އަންނަ މަހުގެ 23 އިން 30 އަށް ފިތުރު ޒަކާތް ބަލައިގަންނާނީ ހުކުރު އަދި ހޮނހިރު ފިޔަވައި ކޮންމެ ދުވަހެއްގެ 11:00 އިން 14:00 އަށެވެ.

ފިތުރު ޒަކާތް ދެއްކޭނެ އޮންލައިން އެޕްތައް:

  • ދިރާގު: ދިރާގު އެޕް/ދިރާގު ޕޭ ވެބް އަދި އެސްއެމްއެސް މެދުވެރިކޮށް
  • އުރީދޫ: އެމް ފައިސާ އެޕް އަދި އެސްއެމްއެސް މެދުވެރިކޮށް
  • އެމްއައިބީ: ފައިސާ މޯބައިލް އެކްސް އެޕް އަދި ފައިސާ ނެޓް މެދުވެރިކޮށް
  • ބީއެމްއެލް: ބީއެމްއެލް މޯބައިލް އެޕް އަދި ވެބްސައިޓް މެދުވެރިކޮށް
  • ފަހިޕޭ އެޕް އަދި ވެބްސައިޓް މެދުވެރިކޮށް
  • ބަނޑޭރި ޕޭ އަދި ޕޯޓަލް މެދުވެރިކޮށް