މުހައްމަދު އައުޒަމް
ރޯދަމަސް ނިމެން ކައިރިވެފައިވާއިރު މާރުކޭޓުގެ ގިނަބާވަތްތަކެއްގެ އަގު ބޮޑުވަމުންދާކަން ފާހަގަކޮށްލެވެއެވެ.
ރޯދަމަސް ފެށުނު އިރު ތަރުކާރީގެ ގިނަބާވަތްތަކުގެ އަގުތައް ހެޔޮ ނަމަވެސް މިހާރު އަގުތައް އުފުލެމުންދާކަން ފާހަގަކޮށްލެވެއެެވެ.
އަގަށް ކުއްލި ބޮޑު ބަދަލެއް އައިކަމަށް މިހާރު އެންމެ ފާހަގަކޮށްލެވެނީ ކިޔުކަމްބާއެވެ. ރޯދަމަހުގެ މިހާތަނަށް 35ރ އަށް އަދި އެންމެ އަގުބޮޑުވިޔަސް 40ރ އަށް ކިލޯ ލިބެމުންދިޔަ ކިޔުކަމްބާ ރޯދަމަހުގެ ފަހުދިހައިގައި މިވަނީ ބޮޑުތަނުން ބޮޑުވެފައެވެ. މާރުކޭޓުގައި މިއަދު ކިޔުކަމްބާ ކިލޯއެއް ލިބެން ހުރީ 60ރ އަށެވެ. މިއީ މިރޯދަމަހު ކިޔުކަމްބާގެ އަގު މިހާ ބޮޑުވި ފުރަތަމަ ފަހަރެވެ.
މާރުކޭޓުގައި މިއަދު ކަރާގެ އަގުވެސް ބޮޑުވެފައިވާކަން ފާހަގަކޮށްލެވެއެވެ.
ކަރާކިލޯއެއް މިއަދު ލިބެންހުރީ 30ރ އަށް 35ރ އަށް ކިލޯއެކެވެ. ކަރާގެ އަގު ބޮޑުމިވީ ކަރާ ލިބުން މަދުވުމުން ކަމަށް ވިޔަފާރިވެރިން ބުނެއެވެ.
1. ކަރާ 30ރ، 35ރ ކިލޯ
2. ލެޓިޔުސް 50ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 680ރ ކިލޯ
5. ކެރެޓް 15ރ ކިލޯ
6. ކިޔުކަމްބާ 60ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 15ރ
10. ކުރުނބާ 25ރ ، 30ރ
11. ފާގަ 60ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 10ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 50ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 70ރ ކިލޯ
22. ދޮންކެޔޮ 2ރ، 8ރ
މަސް:
1. ކަނޑުމަސް 40ރ ކިލޯ
2. ކަންނެލި 50ރ ކިލޯ
3. ބޮޑު ކަންނެލި 50ރ ކިލޯ
4. ކުދި ރިއްމަސް 1ރ އަށް މަހެއް
5. މުށިމަސް 20ރ އަށް 3 މަސް
6. ރެހި 10ރ އަށް ޖޯޑެއް