ޚަބަރު

މި ރޯދަމަހު އުރީދޫ އާއެކު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބަންޑަލް އެއް ލިބުމުގެ ފުރުސަތު!

ކޮންމެ ރޯދަ މަހެކޭ އެއްފަދައިން މި ރޯދަމަހުވެސް އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އެތައް ކަމެއް ތައާރަފުކޮށްފިއެވެ. އެގޮތުން މި ރޯދަމަހުވެސް އުރީދޫން ތައާރަފުކުރި އޮފާތަކުގެ ތެރޭގައި ގާތް ނުވަތަ ދުރުގައި ވިޔަސް ގާތްތިމާގެ މީހުންނާ ރައްޓެހިންނާއި ގުޅުން ބާއްވަން އޮފާތަކެއް ހިމެނެއެވެ.

ރޯދައިގޭ ނޫރު - ރަމަޟާން މަހުގެ ދަތުރެއް

އުރީދޫގެ މި އަހަރު ރޯދަ ކެމްޕެއިނުން އެ ކުންފުނިން ވަނީ ކުޑަކުއްޖެއް ކަމަށްވާ ނޫރްގެ ފަރާތުން އޭނާގެ ފުރަތަމަ ރޯދަމަހުގެ ސިފަކުރުންތައް ގެނެސްދީފައެވެ. އެގޮތުން ނޫރަށް އޭނާގެ ބައްޕަގެ ފަރާތުން ހާއްސަ ފޮތެއް ލިބުމާއެކު، ރަމަޟާން މަހުގެ ރިވެތި ސިފަތައް ކަމުގައިވާ ކެތްތެރިކަމާއި ނަމާދާއި ދީލަތިކަން ޒަމާނީ އިސްލާމީ ވާހަކަތަކުން ނޫރު ރޯދަމަހުގެ ދަތުރެއް ފަށައެވެ.

ނޫރުގެ ތަޖުރިބާ މެދުވެރިކޮށް ރަމަޟާން މަހުގެ އަސްލަކީ އެ މަހަށްވުރެވެސް ބޮޑަށް ފެތުރިފައިވާ އެއްޗެއްކަން ހަނދާންކޮށްދީ، އޯގާތެރިކަމާއި ވިސްނުމާއި އެއްބައިވަންތަކަމުން ފުރިގެންވާ ދިރިއުޅުމެއް އުޅުމަށް މަގުދައްކައިދެއެވެ.

އުރީދޫ ކަރާ ފެޅުން

ކުރީ ދެ އަހަރު އުރީދޫގެ ފަރާތުން ގެނެސްދިން ހަދިޔާފޮށީގެ ކާމިޔާބާއެކު މިއަހަރު އުރީދޫން ގެނެސްދޭނީ ސުޕާ އެޕް މެދުވެރިކޮށް "ކަރާ ފެޅުން"އެވެ.

އެގޮތުން ކޮންމެ ދުވަހަކުވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކަށް އެޕުން ފެނިގެންދާ ކަރާ ފަޅާލުމަށް އެޕްގައި އެކްޓިވް އެންމެނަށް ޓެޕް ކުރެވޭނެއެވެ. އެގޮތުން ކޮންމެ ދުވަހަކު ހިލޭ ޑޭޓާ އެޑް އޮންސް، އެއާފްރަޔާ، ވެކިއުމް ކްލީނާ، ނިންޓެންޑޯ ސްވިޗް، އެޕަލް ވޮޗް ފަދަ ހަދިޔާތައް ލިބިގެންދާނެއެވެ.

އުރީދޫން ބުނީ، މިއަހަރު ކަރާ ފެޅުން އުފާވެރި މަޖާ ތަޖުރިބާއަކަށް ވެގެން ދާނެކަމަށް ޔަގީންކުރާ ކަމަށެވެ.

އޭގެ އިތުރުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް އަގުހުރި 10 އެޕަލް ޕްރޮޑަކްޓްސްގެ ބިޔަ ބަންޑަލްއެއް ދޭން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެޕަލް އައިފޯން 16 ޕްރޯ، މެކްބުކް އެއާ، އެއާޕޮޑްސް 4، އެޕަލް ވޮޗް، އެޕަލް ޓީވީ، އެޕަލް ހޯމްޕޮޑް، އެޕަލް އައިޕެޑް، އެޕަލް ޕެންސިލް، އެއާޕޮޑްސް މެކްސް އަދި 65 އިންޗީގެ ޓީވީ ހިމެނެއެވެ.