ހިޔާ ފްލެޓްގެ އެޕާޓްމަންޓަކަށް ވަދެ، ވަޅިން މީހަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު 22:54 ހާއިރު ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓު އެޕާޓްމަންޓެއްގައި ވަޅިން ބިރު ދައްކައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ/ ފިޔާތޮށިގޭ މުހައްމަދު ލުބާން ގައްހާރު 26އ. އެވެ.
އެ ޒުވާނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށް ފުލުހުން ބުންޏެވެ.