ރާއްޖެ އާއި ބޮލީވިއާ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފި އެވެ.
ދެގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމް ކުރުމަށް ސޮއި ކުރި އެއްބަސްވުމުގައި ދެގައުމުގެ ފަރާތުން ސޮއިކޮށްފައިވަނީ މިއަދު އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރާއްޖެއިން ޔޫއެންއަށް ކަނޑައެޅި ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމިޒާ ހުސައިން މި އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވިއިރު ބޮލީވިއާގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ޔޫއެންއަށް ކަނޑައަޅާފައި ހުންނަ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ސަޗާ ސާގިއޯ ލޮރެންޓި ސޮލިޒް އެވެ.
ޕާމަނަންޓް މިޝަން އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓަޑް ނޭޝަންސް އިން މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ކުރިއަށް އޮތްތާނގައި ދެގައުމު އެކުގައި މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރާކަމަށެވެ.