ވައްކަމުގެ މައްސަލައެއްގައި ކ. ކާށިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މޭ 25 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 20:00 ހާއިރު ކާށިދޫ ގެއަކުން ވައްކަން ކޮށްފައިވާކަމަށް ބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މޭމަހުގެ 30 ވަނަދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެގެއިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތެކެތީގެ ތެރެއިން ލެޕްޓޮޕަކާއި ޓެބްލެޓެއް ފުލުހުން ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ފަސް ދުވަަސް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.