މަގުބޫލު ވާހަކަ ސީރީޒް ހެރީ ޕޮޓާ ގެ އާ ހަތަރު ފޮތެއް މިމަހު ނެރޭނެ ކަމަށް ފޮތުގެ ލިޔުންތެރިޔާ ޖޭކޭ ރޯލިން ބުނެފިއެވެ.
ރޯލިންގެ ވެބްސައިޓުގައިވާ ސްޓޭޓްމަންޓެއްގައި ބުނީ އީ ބުކްސްގެ ގޮތުގައި މި އާ ހަތަރު ފޮތް ނެރޭއިރު ވާހަކަ ކިޔަން ލިބެން ހުންނަނީ ރޯލިންސް ޕޮޓާމޯ ވެބްސައިޓުން ކަމަށް ވެއެވެ.
ސްޓޭޓްމަންޓްގައި އިތުރަށް ބުނެފައިވާ ގޮތުގައި އަލަށް ނެރޭ ކޮންމެ ވާހަކަ ފޮތެއްވެސް ހާއްސަކޮށްފައިވާނީ ހޮގްވޯޓްސް ސުކޫލް އޮފް ވިޗްކްރާފްޓް އެންޑް ވިޒާޑްރީ އިން ދަސްވެފައިވާ ފިލާވަޅުތަކުގެ މައްޗަށް ކަމަށެވެ.
އަލަށް ނެރޭ ވާހަކަ ފޮތުން ޖާދޫ އާއި ތާރީހުގެ އިތުރުން، ނޯޓްސް ތަކާއި، މެނުސްކްރިޕްޓް ތަކާއި ކުރަހާފަވައިވާ ކުރެހުންތައް ފެނިގެން ދާނެއެވެ.
އަލަށް ނެރޭ ފުރަތަމަ ދެފޮތް ނެރެނީ 27 ޖޫން ގައެވެ. އޭގައި ޑިފެންސް އަޖެއިންސްޓް ޑާކް އާރޓްސް އަދި ޕޯޝަން އެންޑް ހޭބޮލޮޖީ ގެ މައްޗަށް އަލިއަޅުވައިލާނެއެވެ.
ތިންވަނަ އަދި ހަތަރު ވަނަ ފޮތުގައި ޑިވިނޭޝަން އެންޑް އެސްޓްރޮނޮމީ އާއި ކެއާ އޮފް މެޖިކަލް ކްރީޗާސްގެ މައްޗަށް އަލިއަޅުވައިލާނެއެވެ.