ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު، ސެއިންޓް ލޫސިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސެއިންޓް ލޫސިއާގެ ގަވަނާ ޖެނެރަލް ސައިރިލް އީއެމް ޗާލްސް، ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭ އަދި އެގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވެވި ކަމަށެވެ.
ސެއިންޓް ލޫސިއާގެ ގަވަނާ ޖެނެރަލް ސައިރިލް އީއެމް ޗާލްސް އާއި ބޮޑުވަޒީރު ފިލިޕް ޖޯސެފް ޕިއޭއަށް ވަކިވަކިން ފޮނުއްވެވި މެސެޖުގައި، ރައީސް ވަނީ ސެއިންޓް ލޫސިއާގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ސެއިންޓް ލޫސިއާ މިނިވަންކަން އިއުލާންކޮށްފައިވަނީ 1979 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގައެވެ.