ޚަބަރު

ގަމު އިހުތިސޯސްގެ ތެރޭގައި ބޮޑުފިނޮޅު ހިމަނައިފި

ލ. ގަމުގެ އިހުތިސޯސްގެ ތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު ހިމަނައިފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. ގަމުގެ އިހުތިސޯސްގެ ތެރޭގައި އެ އަތޮޅު ބޮޑުފިނޮޅު މިއަދު ހިމަނުއްވަވާފައިވާ ކަމަށެވެ. އެގޮތަށް ރައީސް ކަނޑައެޅުއްވީ ގަރާރަކުންނެވެ.

ރައީސް ވަނީ ރ. މަޑުއްވަރީގެ އިހުތިސޯސްގެ ތެރޭގައި އުފުލަންދޫ ހިމަނައި، ރ. މީދޫގެ އިހުތިސޯސްގެ ތެރޭގައި ތާވާތާ ހިމަނުއްވަވައިފައެވެ.

މީގެ އިތުރު ރާއްޖޭގެ ހުރިހާ ކައުންސިލަކަށް ވެސް ފަޅު ރަށެއް ހޯދުމުގެ ފުރުސަތު ލިބޭނެ ގޮތް ހެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ސިޔާސަތެއް ކަނޑައަޅުއްވައި ރަށްތައް ކައުންސިލްތަކާ ހަވާލުކުރައްވަމުންނެވެ.

އެގޮތުން މިހާތަނަށް ތިން ކައުންސިލަކަށް ވަނީ ފަޅުރަށްތައް ހަވާލުކޮށްފައެވެ. އެއީ ރ. އިނގުރައިދޫ ކައުންސިލަށް ރ. ނެޔޮ، ދ. އަތޮޅު ކައުންސިލަށް ދ. މިނިމަސްގަލި އަދި ފެންފުށި، ލ. މާވަށު ކައުންސިލަށް ލ. ބޮޑުމާބުޅަލިއެވެ.