ޚަބަރު

ގިނަ އަދަދެއްގެ ކޮތަރު ބަލިވެ، މަރުވާ ސަބަބު ދެނެގަންނަނީ

ގިނަ އަދަދެއްގެ ކޮތަރު ބަލިވެ، މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށައިފިއެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށާފައިވާ ކަމަށާއި އަދި ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލު އާންމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮތަރު ބަލިވެ، މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތުގެ ދަށުން އެނިމަލް ވެލްފެއާ މިނިސްޓްރީން އަންނަނީ ތަހުލީލުތަކަށް ކޮތަރުތަކުން ސާމްޕަލް ނެގަމުންނެވެ.