ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ރަމަޟާންމަހު ރޯދަ ވީއްލުމަށް ތަފާތު ބާވަތްތައް ތައްޔާރުކުރެއެވެ. އެކިވައްތަރުގެ ބުއިންތައް ތައްޔާރުކުރާއިރު ފަލޫދާއަކީ ދިވެހިންނަށް ވަރަށް ކަމުދާ ބުއިމެކެވެ.
ބޭނުންވާތަކެތި:
2 ޕެކެޓް ހަލުވިދާ / ބަދަލުގައި ޖެލީވެސް ބޭނުންކުރެވިދާނެ
1/4 ޖޯޑު ހަކުރު
1 ދަޅުކިރު
1 ޖޯޑު ސަރުބަތު
1 ޖަގު ފެން (10 ތަށި)
3 ސަމުސާ އިސްބަގުލް (ފެނަށްއަޅައި މަސްލައްވާފައި)
އައިސް ކްރީމް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ހަލުވިދާ ކައްކާށެވެ. ހަރުވުމަށްފަހު ކުދިކުދިކޮށް ކޮށާށެވެ. އެއަށްފަހު ފެނަށް ހަކުރު، ގެރިކިރު، ސަރުބަތު އަޅައިގެން ގިރާލާށެވެ. ދެން ކޮށާފައި ހުރި ހަލުވިދާ، އިސްބަގުލު އެއްކުރުމަށްފަހު ފިނިކުރާށެވެ. ތަށި ތައްޓައް އަޅާއިރު، ކޮންމެ ތައްޓަކަށް އައިސްކްރީމް ސްކޫޕެއް ލާށެވެ.