އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓް ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ބާއްވާ ދުވަސް އިއުލާނުކޮށްފިއެވެ.
މިމަހުގެ 21 އަދި 22 ވަނަ ދުވަހު މާލޭ އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ފެސްޓިވަލަކީ މިދިޔަ އަހަރުގެ ތެރޭގައި ބޭއްވުނު އުރީދޫ ނޭޝަންގެ ހުރިހާ މުބާރާތެއްގެ ނިމުމެވެ.
އުރީދޫން ބުނީ ޖުމުލަ 240،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ އެ ފެސްޓިވަލުގައި ޕަބްޖީ މޮބައިލް، މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީގެ އިތުރުން ކޮސްޕްލޭ މުބާރާތަކާއި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ހޮވިގެންދާނެ ކަމަށެވެ. ފައިސާ އިނާމު ބެހިފައިވާ ގޮތަކީ؛
އުރީދޫ ނޭޝަން ގޭމާސް ލޭންޑް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ ފާހަގަކޮށް ބާރުވެރިކުރުމުގެ ގޮތުން އުރީދޫން ކުރަމުން އަންނަ މަސައްކަތެކެވެ. އަދި އަލްޓިމޭޓް ގޭމިން ފެސްޓިވަލަކީ އަހަރު ތެރޭގައި ބޭއްވޭ އެކިއެކި މުބާރާތްތަކުން ކޮލިފައިވާ ގޭމަރުންގެ ހުނަރު ބޮޑު ސްޓޭޖެއްގައި ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެ އިވެންޓެކެވެ.
އުރީދޫން ބުނީ މުބާރާތްތަކުގެ އިތުރުން އެ ފެސްޓިވަލުގައި ހިތްގައިމު ހަރަކާތްތަކާއި ގޭމިން ޝޯކޭސްތަކާއި ކުޅުންތެރިންނާއި ބެލުންތެރިންނަށް ވެސް ފުރިހަމަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށެވެ.
އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ބައިވެރިވުމަށް އުރީދޫ ނެޝަނުން ގޭމިންއަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށާއި އުރީދޫ ނޭޝަންގެ ރަސްމީ ޗެނަލްތައް ފޮލޯކޮށްގެން އިތުރު ތަފްސީލާއި އަޕްޑޭޓް ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.