ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
ނަމަވެސް ދިވެހިންނަކީ ތަފާތު ބާވަތްތަކުގެ ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އެގޮތުން ގެރިކިރު ބޯކިބަލަކީވެސް ރޯދަ ވީއްލާ ގަޑީގައި ކާލަން ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާތަކެތި:
1 ދަޅު ގެރިކިރު
3/1 ޖޯޑު ފުށް
4 ބިސް
4 ސަމުސާ މާޖިރިން
1 ސަމުސާ ބޭކިން ޕައުޑަރު
1 ސަމުސާ ވެނީލާ އެސެންސް
ތައްޔާތުކުރާނެ ގޮތް:
އެންމެ ފުރަތަމަ މާޖިރިން، ބިސް މިކްސަރުން ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ގެރިކިރު، ފުށް، ބޭކިން ޕައުޑަރު އެސެންސް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ދެން ޓްރޭގައި މާޖިރިންކޮޅެއް އުނގުޅުމަށްފަހު ފުށްގަނޑު ޓްރޭގައި ރަނގަޅަށް އަތުރާލާށެވެ. ދެން އަވަނުން ފިހެލާށެވެ.