ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ބަށި މަސްހުންޏަކީ ވެސް ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1/2 ކިލޯ ބަށި (ކައްކާފައި)
1 ދަޅު މަސް
1 ފިޔާ
1 ގިތެޔޮ މިރުސް
1 ލުނބޯ
1/2 ޖޯޑު ހުނި
ލޮނު
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ފިޔާ މިރުސް ކޮށާށެވެ. އެއަށްފަހު ލުނބޯހުތް، ލޮނު ޖަހައިގެން މޮޑެލާށެވެ. ދެން ފިޔާކޮޅުގެ ތެރެއަށް މަސް، ބަށި، ހުނި، އަޅައި ރަނގަޅަށް މޮޑެލުމަށްފަހު ރަހަ ހެޔޮވަރުކޮށްލާށެވެ. ބަށި މަސްހުނި އެންމެ މީރުވާނީ ރޮއްޓާއެކުއެވެ.