އިމިގްރޭޝަންގެ އެސިސްޓެންޓު ކޮންޓްރޯލަރު ވަޒީފާއިން ވަކިކޮށްފިއެވެ.
އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާހް މުހައްމަދު "ވަންއޮންލައިން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އިމިގްރޭޝަންގެ އެސިސްޓެންޓު ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އެ މަގާމުން ވަކޮކޮށްފައިވާ ކަމަށެވެ. އޭނާ އެ މަގާމުން ވަކިކޮށްފައިވަނީ ސިވިލް ސާވިސްއިން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ކަމަށް މިފްތާހު ވިދާޅުވިއެވެ.
މިފްތާހު ވިދާޅުވީ އެސިސްޓެންޓު ކޮންޓްރޯލަރުގެ މަގާމުގައި ވަގުތީ ގޮތުން މިހާރު ހުންނެވީ އިމްގްރޭޝަންގެ ޒިންމާދާރުވެރިޔާ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ރަމީޒު ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނުން ހާމިދާ ބެހޭގޮތުން ބަލަމުން ގެންދަނީ ކޮން މައްސަލައެއް ކަމެއް އިމިގްރޭޝަނަކުން ހާމައެއް ނުކުރެއެވެ.
އިމިގްރޭޝަންގެ އެސިސްޓެންޓު ކޮންޓްރޯލަރުގެ މަގާމުން ހާމިދު ފަތުހުﷲ ވަކިކޮށްފައިމިވަނީ، ސިވިލް ސާވިސް ކޮމިޝަނުން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އޭނާ ސަސްޕެންޝަންގައި ހުންނަވަނިކޮށެވެ.