ޚަބަރު

ކޮސޯވޯގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ކޮސޯވޯގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސާ ޑރ. ވިޔޯސާ އޮސްމާނީ-ސަދްރިއު އާއި ބޮޑުވަޒީރު އަލްބީން ކުރްތީގެ އިތުރުން އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ރައީސް މުއިއްޒު، ކޮސޯވާގެ ރައީސާއަށާއި ބޮޑުވަޒީރަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، ކޮސޯވޯގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.

ކޮސޯވޯގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ ސަތާރަ ވަނަ ދުވަހުއެވެ.

ރާއްޖެ އާއި ކޮސޯވޯގެ ދެމެދުގައި ޑިޕޮލޮމެޓިކް ގުޅުން ގާއިމްކުރީ ސާބިއާގެ އަތުން އެ ގައުމު މިނިވަންވިތާ އެއް އަހަރު ފަހުން 2009 ވަނަ އަހަރުގެ އޭޕްރީލް 16 ވަނަ ދުވަހުއެވެ.