ޚަބަރު

މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

އަލީ އިހްސާން

އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މާރާމާރީގެ މައްސަލައާ ގުޅިގެން ހޯދަމުން ގެންދަނީ ސ. ފޭދޫ ޝަބުނަމީވިލާ، އުމުރުން 18 އަހަރުގެ އަހްމަދު ލޫތު ނައީމް އާއި ސ. ފޭދޫ ހަވީރީނާޒު، އުމުރުން 21 އަހަރުގެ އިއުތިސާމް މުހައްމަދު ކަމަށެވެ. މި ދެމީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަން ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުދަންނަވާފައެވެ.