ބޯކޮށް ވާރޭވެހި ލ. މާމެންދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެއްޖެއެވެ.
ފުލުހުން ބުނީ މާމެންދުއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގައި ފެންބޮޑުވެ، ފުލުހުންނާއި ކައުންސިލް ގުޅިގެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދީ ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް އެހީތެރިވަމުން ގެންދާ ކަމަށެވެ. މީގެ އިތުރުން އެރަށުގެ އިންޖީނުގެއަށް ފެންވަނަ ނުދޭން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.
މާމެންދޫ ކައުންސިލްގެ ރައީސް އަބްދުލް މުހްސިން "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ މިހާރު 50 ގެއާ ގާތްކުރާ ވަރަށް ގޭގެއަށް ފެންވެދެފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ގެތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވަރަށް ބުރަކޮށް ކުރިއަށްގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.