ޑައިރެކްޓަރ އަނިލް ޝަރްމާ އާއެކު ފިލްމު ‘ގަދަރް 2’ ގެ ނިންމުމާ ގުޅޭ ގޮތުން ޖެހިގެން އުޅޭ މައްސަލައިގެ ވާހަކަތައް ސާބިތުކުރުމަށްޓަކައި އެކްސްގައި އަމީޝާ ވީޑިއޯތަކެއް ހިއްސާކޮށްފިއެވެ. އެ ކްލިޕްތަކުގައި އަނިލް ފެންނަނީ ފިލްމުގެ ނިމުން ތަސްވީރުކޮށްދޭ ތަނުގައެވެ. އެގޮތުން، ސަކީނާ ވިލަން މަރާލަނީ އޭނާ ގައިރު ގާނޫނީ ގޮތުން އިންޑިއާއަށް ވަންނަ ހިނދުގައި ކަމަށް ބުނެއެވެ.
އަނިލް ދިން އިންޓަވިއުއެއްގައި ދެއްކި ވާހަކަތަކަށް ރައްދުދެމުން އަމީޝާ ބުނެފައިވަނީ އޭނާ ވިލަން މަރާލާނެ ކަމަށް ކިޔައިދޭ ވީޑިއޯއެއް ދައުރުވަމުންދާއިރު، އިތުރު ވާހަކަތައް ދައްކާތީ ހައިރާންވާ ކަމަށެވެ. އަދި އެ ވީޑިއޯ ކުރިން ނުފެންނަ މީހުނަށް ދައްކަން ވެގެން އަލުން ހިއްސާކުރި ކަމަށް ބުނެފައިވެއެވެ.
އަމީޝާގެ އެކްސް އެކައުންޓުގައި ތިން ވީޑިއޯއެއް ހިއްސާކޮށް، އެ ވީޑިއޯތަކުގެ ތައާރަފު ވަނީ ދީފައެވެ. ފުރަތަމަ ބަޔަކީ ހާމަކަން މަތީގައި ފިލްމުގެ ވާހަކަ ކިޔައިދީ، ގަދަރް 2 ގެ ނިމުމުގައި ވިލަން މަރާލާނީ އޭނާ ކަމަށް ބުނާކަމަށްވެއެވެ. ވީޑިއޯގެ ދެވަނަ އަދި ތިންވަނަ ބައިގައި ދެން އަނިލް އެހެން އެއްޗެއް ބުނެވޭނެ ކަމާމެދު ހައިރާންވާކަމަށާއި އެ ވީޑިއޯއަކީ ހެކިކަމުގައި ބުނެފައިވެއެވެ.
އަނެއް ވީޑިއޯގެ ކެޕްޝަނުގައި އަނިލްއަށް ގޮވާލާފައިވަނީ އެ ވީޑިއޯއާ ބެހޭ ގޮތުން އެންމެންނަށް ޖަވާބުދިނުމަށެވެ. ދުނިޔެއަށް ހަގީގަތް އެނގޭކަމަށާއި މަކަރުވެރި ވައުދު ދޮގުކުރެވޭނެތޯ ސުވާލުކޮށްފައިވެއެވެ.
އަނިލް ވަނީ ވިކީ ލަލްވާނީއާ އެކު ދިން އިންޓަވިއުއެއްގައި އަމީޝާގެ ތުހުމަތުތަކަށް ޖަވާބުދީފައެވެ. އޭނާ ބުނެފައިވަނީ ގަދަރް 2 ގެ ނިމުން އަމީޝާއަށް ނޭނގި ބަދަލުކޮށްފައި ނުވާ ކަމަށެވެ. އަދި އަމީޝާއަކީ އަދިވެސް އާއިލާގެ ބައެއް ކަމަށާއި، ސަކީނާގެ ދައުރަށް ތައްޔާރުވުމަށް އަމީޝާ ކޮންމެ ދުވަހަކު 5-6 ގަޑިއިރު ހޭދަކުރި ކަން އޭނާ ހަދާން އެބަހުރިކަަމަށް ބުނެފައިވެއެވެ.
ޑައިރެކްޓަރު ބުނީ އަމީޝާ އެ ދައުރަށް ހޮވީ އޭނާގެ ސިފަތަކާއި އެ ކެރެކްޓަރާ ގުޅޭ މިންވަރުގެ ސަބަބުން ކަމަށެވެ. ފުރަތަމަ އޭނާއަކީ ވަރުގަދަ ޕަރފޯމަރެއް ނޫން ކަމުގައިވީ ނަމަވެސް، ސަކީނާގެ ކެރެކްޓަރަށް ވުމަށް އޭނާ ވަރަށް ބުރަކޮށް މަސައްކަތްކުރި ކަމަށް ބުނެފައިވެއެވެ. ފިލްމުގެ ނިމުން ބަދަލުކުރި ކަމާ ގުޅޭ ގޮތުން އޭނާ އިތުރުކޮށްފައިވަނީ، އަމީޝާއަށް މިކަން އޭނާއަށްވުރެ ރަނގަޅަށް އެނގޭ ކަމަށްވާނަމަ، އޭނާއަށް އަމިއްލަ ފިލްމެއް ހެދުމުގެ މިނިވަންކަން އޮތް ކަމަށެވެ.