ޚަބަރު

މީހަކު ރަހީނުކުރި މައްސަލައެއްގައި 15 އަހަރުގެ ކުއްޖަކާއި އިތުރު 3 މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގެ، ހިތަދޫގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި 15 އަހަރުގެ ކުއްޖަކާއި އިތުރު 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން "ވަން" އަށް މިއަދު ބުނީ ރޭ 1:35 އެހާކަންހާއިރު ހިތަދޫ، މައިލީ ދަނޑު ސަރަހަދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނަށް ފިލަން މަސައްކަތް ކުރި ކަމަށެވެ. އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު ބެލި ބެލުމުން އެ މީހުން ވަނީ މީހަކު ރަހީނުކޮށްފައި ކަން އެނގުނު ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރަހީނު ކޮށްފައިވަނީ 37 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ،

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 15 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ދެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 22 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.