ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން ނުވަތަ ޕާޓީ އިން ވަކިކުރުމުން ކަމަށް ވިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް ގާނޫނު ކަމަށްވާ އެންޓި ޑިފެކްޝަން ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދެވެ

.

"ވަން އޮންލައިން" އަށް މިއަދު ރިޔާޒް ވިދާޅުވީ އެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެ ކަމަށެވެ.

ރިޔާޒް ވިދާޅުވީ އެ ގާނޫނު އުވާލުމަށް މަޖިލީހަށް ހުށަހަޅާފައި ވަނީ މެންބަރުންނަށް ގާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރުމަށް އެ ގާނޫނުގެ ސަބަބުން ހުރަސް އެޅޭތީ އެކަމަށެވެ.

އެންޓި ޑިފެކްޝަން ގާނޫނޫ އުވާލުމަށް ރިޔާޒް ހުށަހެޅުއްވި އިރު އިދިކޮޅު ކޯލިޝަނުން ވަނީ މީގެ ކުރިން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ވައްދާފައެވެ. ނަމަވެސް އެ ގާނޫނު އުވާލަން ނުޖެހޭކަމަށް ސުޕްރީމު ކޯޓުން ވަނީ ކަނޑައަޅާފައެވެ.