ޚަބަރު

ގެދޮރު ގަތުމާއި ގެދޮރު އިމާރާތްކުރުމަށް ބީއެމްއެލް އިން ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް!

1

ގެދޮރުގަތުމާއި ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

ބީއެމްއެލް އިސްލާމިކް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކުގެ ރީޓެއިލްސް އެންޑް އެސްއެމްއީ ބޭންކިންގެ ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ އެ ފެސިލިޓީތަކަށް ބަދަލު ގެނައީ ކަސްޓަމަރުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަމުގެ ސަބަބުން އިގުތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވުއެވެ.

ބީއެމްއެލް އިން ގެނައި ބަދަލުތައް:

ހޯމް ޕާޗޭސް ފައިނޭންސިންގް (ގެދޮރު ގަތުމަށް)

  • ބިން، ގަރާޖު އަދި ޕާކިން ސްޕޭސް ގަނެވޭނެ ގޮތް ހަމަޖެއްސުން
  • ތިން މިލިއަން ރުފިޔާއާ ހަމައަށް އަގުހުރި ޕްރޮޖެކްޓްތަކަށް އަމިއްލައަށް ކުރަންޖެހޭ ހަރަދު 10 ޕަސަންޓަށް ދަށްކުރުން

ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން (ގެދޮރު މަރާމާތްކުރުން)

  • ފައިނޭންސް އަނބުރާ ދެއްކުމުގެ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކުރުން
  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު 15 މިލިއަން ރުފިޔާ އިން 45 މިލިއަން ރުފިޔާއަށް އިތުރުކުރުން
  • މަޝްރޫއު އިން ލިބޭ އާމްދަނީ ބަލައިގަތުން

ހޯމް ބިލްޑް ފައިނޭންސިންގް (ގެދޮރު އިމާރާތްކުރުމާއި މަރާމާތުކުރުން)

  • ފައިނޭންސް ނެގޭ އެންމެ މަތީ އަދަދު ދެ މިލިއަން ރުފިޔާއަށް އިތުރުކުރުން
  • އަލަށް ފައިނޭންސް ނަގާ ފަރާތްތަކަށްވެސް މި ފައިނޭންސަށް އެދި ހުށަހެޅޭ ގޮތް ހަމަޖެއްސުން
  • ގިނަ ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށް ފައިނޭންސަށް ޝަރުތު ހަމަވާ އާމްދަނީގެ އަދަދު ދަށްކުރުން
ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟