ހދ. ނޭކުރެންދޫ ބަނދަރު ތަރައްގީގެ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ އެ މަސައްކަތުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 71 ޕަސެންޓް ނިންމާފައިވާ ކަމަށެވެ.
ނޭކުރެންދޫ ބަނދަރު ތަރައްގީގެ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްގެންދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ކަމަށް އެމްޓީސީސީން ބުންޏެވެ.
ނެކުރެންދޫ ބަދަރު ތަރައްގީގެ މަޝްރޫއު ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 31 އޮކްޓޯބަރު 2022ގައެވެ. އެއީ 45.11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް
- މޫރިން ބޮއެ ހަރުކުރުން
- ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން
- 366 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
- 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
- 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
- 10 މީޓަރު ދިގު 9 މީޓަރު ފުޅާ ކޮންކްރީޓް ރޭމްޕެއް ހެދުން
- 1،985 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
- 1،859 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމެންޓް އެޅުން
- 22،323 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ބަނދަރު ފުންކުރުން
- 6،806 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރީގެ ބަނދަރު އަލުން ފުންކުރުން