އެންޓި-ކޮރަޕްޝަން ކޮމިޝަން، (އޭސީސީ)ގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ މެންބަރު އަހްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މަޖިލީހުން ރުހުން ދިނުމާއެކު، އޭސީސީގެ މެންބަރުކަމަށް މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވީ، މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ.
އަހުމަދު ނާޝިދަކީ ޕޮލިސް ބޯޑުގެ މެންބަރުކަމާއި ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.
އޭސީސީގެ ނައިބު ރައީސްކަމުގެ މަގާމަށް ނާޝިދު އައްޔަން ކުރެއްވުމަށް، މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު އިދާރީ މޭޒުން މަޖިލިސް ތަޅުމަށް ހުށަހެޅުއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުއްވައިފައެވެ.
ފަސްމެންބަރުން ތިއްބަވާ، އިސީގައި، އަހުމަދު ނާޝިދުގެ އިތުރުން ދެން ތިއްބަވަނީ، ކޮމިޝަންގެ ރައީސް އާދަމް ޝާމިލް އާއި ޝިޔާމާ މުހައްމަދާއި ޝަޒްނާ ހާޝިމް އާއި އަބުދުﷲ ނާޝިދެވެ.