ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ މިއީ ފަހު ރެ އެވެ. ފަހު ރޭ ވެގެން މިދިޔައީ އޮޑިވެރިންގެ އިންތިޒާރަށް ނިމުމެއްވެސް ގެނެސްފަ އެވެ.
މެރިން އެކްސްޕޯގެ މެއިން ސްޕޮންސާ، އެމްޓީސީސީން މިރޭ ވަނީ 'ސާބަސް ޔަންމާ' ޕްރޮމޯޝަން ލޯންޗުކޮށް އޮޑިވެރިން ހެއްވާލައިފަ އެވެ. ޕްރޮމޯޝަން ލޯންޗުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
މިއީ ކުދި އުޅަނދު ފަހަރުން ފެށިގެން ބޮޑެތި އުޅަނދުތަކަށް ބޭނުންވާ ޔަންމާ އިންޖީނު ގަތުމަށް އެމްޓީސީސީން ހުޅުވާލާ ރަނުގެ ޕްރޮމޯޝަނެކެވެ.
މި މަހުގެ 15 އިން މާޗު 30 އަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ގަންނަ ކޮންމެ އިންޖީނަކަށް އަށް ޕަސެންޓުގެ ހާއްސަ ޑިސްކައުންޓެއް ލިބޭނެ އެވެ.
އަދި ޕްރޮމޯޝަންގެ މުއްދަތުގައި 10 ޕަސެންޓް ބުކިން ފީއެއް ދައްކައިގެން އިންޖީނުގެ ގަތުލުމުގެ ފުރުސަތު ލިބިގެންދާއިރު، ބާކީ ފައިސާ އެއް އަހަރު ދުވަހަށް ބަހާލައިގެން ދެއްކޭނެ އެވެ.
ދިވެހިންގެ މެދުގައި ނަން މަޝްހޫރު، ހާއްސަކޮށް މަސްވެރިންގެ މެދުގައި މަގުބޫލުކަން ބޮޑު ޔަންމާ އިންޖީނަކީ 1973 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކަމުން އަންނަ ބައިނަލްއަގުވާމީ ގޮތުން ވެސް ފާހަގަކޮށްލެވޭ އިންޖީނެކެވެ.