ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުޑަކުއްޖަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން އެ ކުއްޖާ ހޯދުމުގެ މަސައްކަތްކުރަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ހޯދަން އިއުލާން ކޮށްފައިވަނީ މާލެ، މ.ރަންބޮލި، އަބްދުﷲ އިޝާން ނައުޝާދު 16 އެވެ. ނައުޝާދު ހޯދަމުން ދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ނައުޝާދާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެ ޑިޕާޓްމަންޓްގެ ނަމްބަރު 9790163 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.