މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑް ތަރައްގީ ކުރާ ކޮންސެޕްޓް ކުރެހުން ވަނީ ނިމިފަ: ޕްލޭނިންގް މިނިސްޓްރީ

މަރިޔަމް ޝަހުދާ

އެނބޫދޫ ފަޅުގައި ހަދާ ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށް ބޭނުންވާ ކޮންސެޕްޓް ކުރެހުން ވަނީ ނިމިފައި ކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެން އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން މައުލޫމާތުު ދިން ގޮތުގައި ވީހާވެސް އަވަހަކަށް ޕިކްނިކް އައިލެންޑްގެ އަމަލީ މަސައްކަތް ފަށައި، އެތަން ބޭނުން ހިފޭނެ މިންވަރަކަށް ފުރިހަމަ ކުރުމަކީ ސަރުކާރުގެ އަމާޒެވެ. ޕިކްނިކް އައިލެންޑުގައި ހިމެނުމަށް ހަމަޖެހިފައިވާ ހިދުމަތް ތަކަކީ؛

- ކްލިނިކް އަދި ސްޓޯރ

- އެޑްމިން އޮފީސް / ވޮޝްރޫމްސް

- ފާހާނަ އަދި ޗޭންޖިންގް ރޫމް (އަންހެން)

- ފާހާނަ އަދި ޗޭންޖިންގ ރޫމްް (ފިރިހެން)

- ނަރސިންގް ރޫމް އަދި ލޮކާރްސް

- ނަމާދު ކުރާ ކޮޓަރި

- އިވެންޓް ސްޕޭސް / އެމްޕިތިއޭޓަރ

- ކިޑްސް ޕްލޭ އޭރިއާ

- ފެމިލީ ރޫމްސް

- ޑޭ ހަޓް

- ބާބަކިއު ހަޓް

- ބީޗް ހަޓް

- ލައިފްގާޑް ހަޓް

- ސްޓާފް އެކޮމޮޑޭޝަން / ސްޓޯރ / ސާރވިސަސް

- ބީޗް ފުޓްބޯލް ދަނޑު

- ބީޗް ވޮލީބޯލް ކޯޓު އަދި

- ބީޗް އެކްޓިވިޓީސް އޭރިއާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިޔުމަށް ހާއްސަކޮށްގެން އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ޕްލޭނިންގް މިނިސްޓްރީ އާއި ތައިލެންޑްގެ ސިންހާ އެސްޓޭޓު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ފާއިތުވި އޭޕްރީލް މަހު ކުރީކޮޅެއެވެ. ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މާލޭގައި އުޅޭ މީހުން ހަފްތާ ބަންދުގައި ދަތުރު ދާނެ ރަށެއް ހަމަޖެއްސުމުގެ ވައުދު ފުއްދުމަށް އެނބޫދޫ ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ގާތްވެފައިވާއިރު މި ޕިކްނިކް އައިލެންޑަށް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ޕިކްނިކް ދެވޭވަރުވާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.