އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހު ބާއްވަން ނިންމައިފިއެވެ.
އުރީދޫން ބުނީ، އެ ޖަލްސާގައި ބައިވެރި ވެވޭނީ އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މި މަހު 18 ވަނަ ދުވަހުގެ މެންދުރުފަހު ދޭއްގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށެވެ.
އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި ޖަލްސާގައި ބައިވެރިވެގެން ވެސް، ފާސްކުރުމަށް ހުށަހަޅާފައިވާ ކަންކަމަށް ވޯޓު ދެވޭނެ ކަމަށް އުރީދޫން ބުންޏެވެ.
އެ ކުންފުނިން ބުނީ، މި ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ މި މަހުގެ 22ގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ. އެ ނޯޓިސްގައި ޖަލްސާ ބާއްވާނެ ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތު ހިމެނޭނެ ކަމަށްވެސް ބުންޏެވެ.