މާލޭގެ ގޯޅިއެއްގެ ތެރޭގައި ގޮދަޑި އަޅައިގެން ނިދަން އޮތް މީހާގެ ހާލަތު ބަލަމުން ގެންދާކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މުހައްމަދު "ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން މިރޭ ވިދާޅުވީ، މިނިސްޓްރީއަށް އެމައުލޫމާތު ލިބުމުން، މޯލްޑިވިސް ޕޮލިސް ސާވިސްއާ ގުޅިގެން އެ މައްސަަލަ ބަލަމުން ގެންދާކަމަށެވެ. ބަލަމުންގެންދާ މައްސަލައަކަށްވާތީ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯއިން ފިރިހެނަކު ގޯޅިގަނޑެއްގައި ރަތްކުލައިގެ ގޮދަޑިއެއް ފަތުރައިގެން ނިދާފައި އޮންނައިރު، އޭނާގެ ކައިރީގައި އޭނާގެ ދަބަސްތައްވެސް ބަހައްޓާފައި ހުންނަތަން ފެނެއެވެ.