ޚަބަރު

މާލޭގެ ކެފޭއެއްގެ ތެރޭ މަރާމާރީއެއް ހިންގި މައްސަލައެއް ބަލަނީ

މުހައްމަދު އިޝާން

މާލޭގެ ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ މިއަދު 12:10 އެހާކަންހާއިރު މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭ މާރާމާރީއެއް ހިންގި މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ކެފޭގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތު ލިބޭ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.