އިންސާނީ ވަގުފާރީއެއްގައި ތުހުމަތު ކުރެވޭ ބިދޭސީއެއް ރާއްޖެއިން ފުރަން އުޅެނިކޮށް ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ މައްސަލަ އަކާ ގުޅިގެން ރާއްޖެއިން ފުރަން އުޅުނު ބިދޭސީ ފިރިހެނަކު ހިފަހައްޓާފައިވާ ކަމަށެވެ.
ބިދޭސީ ފަރާތް އިމިގްރޭޝަނުން ހިފެހެއްޓީ ދެމަފިރިންގެ ގޮތުގައި ޗުއްޓީ ހޭދަކުރަން ކަމަށްބުނެ އޮޅުވާލައިގެން އަންހެނަކާއެކު ރާއްޖެ އެތެރެވުމަށްފަހު، އަނބިމީހާކަމުގައި ބުނި އަންހެންމީހާ ރާއްޖެއަށް ދޫކޮށްލައި، އަދި އޭނާގެ ޕާސްޕޯޓް ހިފައިގެން ފުރަން އުޅެނިކޮށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ބިދޭސީފަރާތް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.