ސެނެހިޔާ ކައިރީގައި އެކްސިޑެންޓެއް ހިނގައި މީހެއްގެ ފަޔަށް އަނިޔާވެއްޖެއެވެ.
ފުލުހުން "ވަންއޮންލައިން" އަށް މައުލޫމާތު ދެމުން ބުނީ، މިއަދު 5:45 ހާއިރު ސެނެހިޔާ ކައިރިން ސައިކަލެއް އަނބުރާލި ގަޑީގައި ކޮންޓްރޯލް ނުވެގެންގޮސް އިތުރު ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
މިއެކްސިޑެންޓުގައި އެއް ސައިކަލުގެ ބުރަކި ދަގަނޑު އަނެއް ސައިކަލުގައި އިން މީހާގެ ފަޔަށް ވަދެ އަނިޔާވެފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންދިއުމަށް ފުލުހުން އެހީތެރިވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.