ޚަބަރު

ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި

އަލީ އިހްސާން

ބ. ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު މިމަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ އެންވާރަމަންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ހަސަންއެވެ. މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ސައީދުވެސް ދަރަވަންދޫގައި ގާއިމުކުރާ ފެނުގެ ނިޒާމްގެ މަސައްކަތް އަމަލީގޮތުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރ ޑރ ހުސެއިން ހަސަން ވިދާޅުވީ ދަރަވަންދޫއެކޭ އެއްފަދައިން ހދ. ނޮޅިވަރަންފަރާއި، ށ. ފޯކައިދޫއާއި، ރ. މަޑުއްވަރީގައި ފެނުގެ ނިޒާމް ގާއިމުކުރެވިގެންދާނެ ކަމަށެވެ. އެ ރަށްތަކުގައި ފެނުގެ ނިޒާމް ގާއިމުކުރަމުންގެންދަނީ ގްރީން ކްލައިމެޓް ފަންޑު ޕްރޮޖެކްޓުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.