ޚަބަރު

ރެޑްވޭވްގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން އަގުހުރި އިނާމުތަކެއް!

ރެޑްވޭވް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ "ރަން ފުރުސަތު" ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި ރެޑްވޭވް ފިހާރަތަކުން އެ ބޭންކުގެ ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން، މި މަހު ބީއެމްއެލް ކާޑުން ރެޑްވޭވް އިން ވިޔަފާރި ކޮށްގެން ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ރެޑްވޭވް އިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލުން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ 300 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކޮށްގެން ކަމަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/ran-furusathu