އއ. އުކުޅަހުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހަވީރު 5:20 ހާއިރު އުކުޅަހުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެފައިވާ މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ،
ފުލުހުން ބުނި ގޮތުގައި މަރުވީ އުޒްބެކިސްތާނަށް ނިސްބަތްވާ 75 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.