ޚަބަރު

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފި

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށެވެ.

"ވަން އޮންލައިން" އަށް މިއަދު މެޓް އޮފީހުން މައުލޫމާތު ދިން ގޮތުގައި މިއަދު 1000 އިން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އެވެ.

އުތުރު އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު ތިން މޭލާއި 13 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުުޅަނގާއި ހުޅަގުއުތުރުން ގަޑިއަކު ފަސް މޭލާއި 17 މޭލުގެ ބާރު މިނުގައި ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވެގެން ދާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.