ޚަބަރު

ރަހަފަތް: ތަރުކާރީ ބަތް

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އެގޮތުން ތަރުކާރީ ބަތަކީވެސް ދިވެހިންގެ ތެރޭގައި ވަރަށް ހާއްސަ ކެއުމެކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ބަތް

1 ޖޯޑު ކުކުޅު މަސް (ކައްކާފައި)

100 ގްރާމް ކެބެޖު (ކޮށާފައި)

2 ކެޕްސިކަމް (ކޮށާފައި)

1 ކެރެޓް (ކޮށާފައި)

2 ފިޔާ (ކޮށާފައި)

1/2 ބެލް ޕެޕާ (ކޮށާފައި)

4 ބިސް (ކައްކާފައި)

3 ރޯމިރުސް

6 ހިކިމިރުސް

1 ގިތެޔޮ މިރުސް

2 ލޮނުމެދު (ކޮށާފައި)

2 ސަމުސާ އޮއިސްޓާ ސޯސް

2 ސަމުސާ ސޯޔާ ސޯސް

ރާނބާފަތް، ހިކަނދިފަތް، ލޮނު،

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަށް ކުޑަ ތެޔޮފޮދެއްް އަޅައި އުނދުންމައްޗަށް އުދާށެވެ. ތެޔޮ ފޮދު ހޫނުވުމުން ހިކިމިރުސްކޮޅު މުރަނަކޮށްލާށެވެ. ދެން ފިޔާ، ހިކަނދިފަތް، ރާނބާފަތް، ކެޕްސިކަމް، ބެލް ޕެޕާ، ރޯ މިރުސް، ލޮނުމެދު،

އަޅާށެވެ. ފިޔާގަނޑު ރަތްވުމުން ކުކުޅު ކޮޅާއި ކޮށާފައި ހުރި ބިސްތައް އެޅުމަށްފަހު ލޮނު އަޅާ މަޑު ގިނީގައި ކައްކާލާށެވެ. އެއަށްފަހު ކެބެޖު ކެރެޓު، ކުކުޅު މަސް އަޅައިގެން ހައެއްކަ މިނެޓްވަންދެން މަޑު ގިނީގައި ކައްކާށެވެ.

ދެން ސޯސްތައް އަޅައި ރަނގަޅަށް އެއްކޮށްލުމަށްފަހު، ތަރުކާރީކޮޅަށް ހޫނުވުމުން ބަތް އަޅައިގެން ތިން މިނެޓެއްހާއިރު ކައްކާލާށެވެ.