ޚަބަރު

ތަކަންދޫ އާ ޕޮލިސް ސްޓޭޝަން ރައީސް ހުޅުއްވައިދެއްވައިފި

މުހައްމަދު އިޝާން

ހއ. ތަކަންދޫގެ އާ ޕޮލިސް ސްޓޭޝަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.

އެ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވީ ރައީސް، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތަކަންދުއަށް ވަޑައިގެންނެވެ.

ރައީސް ވަނީ ތަކަންދޫ ޕޮލިސް ސްޓޭޝަން ހުޅުވައިދެއްވުމަށްފަހު އެތަން ބައްލަވައިލައްވައިފައެވެ. އަދި ވަނީ ޕޮލިސް ސްޓޭޝަންގައި ގައުމީ ދިދަ ނަންގަވައިދެއްވައިފައެވެ.

ރައީސް، ތަކަންދުއަށް ކުރައްވާ މި ދަތުރުފުޅުގެ ތެރޭގައި ވަނީ އެ ރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ ވެސް އަޅުވައިދެއްވައިފައެވެ. ކައުންސިލް އިމާރާތުގެ ބިންގާ އަޅުވައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ.

މީގެ އިތުރުން ތަކަންދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.