ރޯދަމަސް

ރަހަފަތް: އަލުވި ޕައި

ޝަހީދާ އަބްދުﷲ ސައީދު

2

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ނަމަވެސް ތަފާތު ރަހަތައް ތަޖުރިބާކުރާ ދިވެހިންވެސް މަދެއް ނޫނެވެ.

އެގޮތުން އަލުވި ޕައި އަކީ ވެސް ވަރަށް މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

3 އަލުވި (ފްރެންޗް ފްރައިސް ގޮތަށް ކޮށައި ތެލުލާފައި)

1 ދަޅު މަސް

2 ފިޔާ

1 ގިތެޔޮމިރުސް

2 ޓޮމާޓޯ (ވަށްފޮއްޗަށް ކޮށާފައި)

6 ބިސް (ކުޑަ ލޮނުކޮޅެއް އަޅައިގެން ގިރާފައި)

1/2 އިންޗް އިނގުރު (ގާނާފައި)

3 ލޮނުމެދު (ގާނާފައި)

1/2 ސަމުސާ އަސޭމިރުސް (މުގުރި)

2 ލުނބޯ

ހިކަނދިފަތް، ލޮނު

ތައްޔާރުކުރާނެގޮތް:

ފިޔާ، މިރުސް، ހިކަނދިފަތް ކޮށާފައި، ލޮނުމެދު، އިނގުރު އަދި ކުޑަ ލޮނުކޮޅެއް، އަސޭ މިރުސް، މިއެއްޗިހި ލުނބޯ ހުތްޖަހައިގެން ރަނގަޅަށް މޮޑެލުމަށްފަހު، މަސް، އަޅައިގެން މޮޑެލައި ރަހަ އެއްވަރުކޮށްލާށެވެ.

ދެން، ތަވާގައި ކުޑަ ތެޔޮފޮދެއް އުނގުޅައިލުމަށްފަހު ތެޔޮފޮދު ހޫނުވުމުން ގިރާފައި ހުރި ބިހުގެ އެއްބައި ތަވަޔަށް އަޅާށެވެ. އެޔަށްފަހު އުނދުން ނިއްވާލުމަށްފަހު، ތެލުލި އަލުވީގެ އެއްބައި ބިހުގެ މަތީގައި އެތުރުމަށްފަހު، އޭގެ މަތީގައި މޮޑުނު މަސްގަނޑު އަތުރައި މަސްގަނޑު މަތީގައި ޓޮމާޓޯ ފޮތިތައް އަތުރާލާށެވެ. އެއަށްފަހު، ޕައިގެ މައްޗަށް ދެން ބާކީހުރި އަލުވި އަތުރައި އޭގެމައްޗަށް ދެން ބާކީހުރި ބިސް އަޅާލުމަށްފަހު މަޑު ގިނީގައި ޕައިގެ ދެފުށްވެސް ފިހެލާށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟