ޚަބަރު

އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭ: ޔުމްނާ

މަރިޔަމް ޝަހުދާ

އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ނަން ބޯޑުތަކުގައި ދިވެހި ލަފްޒު ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށް އިޝާރާތް ކުރައްވައެވެ.

މިނިސްޓަރ ވިދަޅުވީ އައު ލަފްޒު ހަދާއިރު އެ ލަފްޒުތަކަކީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ލަފުޒުތަކަކަށް ވާންޖެހޭ ކަމަށެވެ. އަދި މިފަދަ ކަންކަމީ އާންމުންގެ ހިޔާލާއެކު ކުރަން ޖެހޭ ކަންކަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު މިކަމާ ގުޅިގެން ދިވެހި ބަހުުގެ އެކަޑަމީއާ މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ދިވެހި ބަހުގެ އެކަޑަމީ އިން ވިދާޅުވީ މި ދަރުމަވަންތަ ހޮސްޕިޓަލުގެ ބޯޑުތަކުގައިވާ ލަފްޒުތަކަކީ އައިޖީއެމްއެޗްގެ އެދުމަކަށް ބަސް ކޮމެޓީގެ ފަންނީ ކޮމެޓީން އެ ހޮސްޕިޓަލަށް ގޮސް އެތާ ތިބެ ކޮށްދިން މަސައްކަތެއް ކަމަށެވެ.

ބަހުގެ އެކަޑެމީ އިން ހާމަކުރި ގޮތުގައި މި ލަފުޒުތައް އުފައްދާފައިވަނީ ކަމާ ބެހޭ ބޭފުޅުންގެ ލަފާގެ މަތީން ދުނިޔޭގެ ކުރި އަރައިފައިވާ ބަސްބަހުގެ ބަސްވާރުން ކަންކުރާ އުސޫލުންނެވެ. އަދި ބައެއް ލަފްޒުތައް ހެދި ގޮތުގެ ތަފްސީލު އެކަޑެމީއިން ވަނީ ޓުވީޓެއް މެދުވެރިކޮށް އާންމުކޮށްފައެވެ.

ބައެއް ލަފުޒުތައް އުފެއްދި ގޮތުގެ ތަފްސީލު