ހިރިޔާ ސްކޫލުގައި ބޭއްވި މުބާރާތެއްގައި ފުޓްބޯޅަ ކުޅެން ހުރި ބެލެނިވެރިޔަކު ކުއްލިއަކަށް މަރުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ބުނީ ހިރިޔާ ސްކޫލްގައި މިރޭ ކުޅުނު ފުޓްސަލް މެޗެއް ނިމުނު ފަހުން ދަނޑުމަތީގައި އޮށޯވެގެން އޮތް ބެލެނިވެރިއަކަށް ސިއްހީ މައްސަލައެއް ދިމާވެގެން އައިޖީއެމްއެޗަށް ވަގުތުން ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ސުކޫލުން މައުލޫމާތު ދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ފިރިހެނެކެވެ.
މިނިސްޓްރީން ބުނީ މަރުވި މީހާގެ އާއިލާ އާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.