ޚަބަރު

ރަށު އެކްސްޕޯގެ ޕާޓްނަރަކަށް އެޗްޑީސީ ހަމަޖައްސައިފި

މުހައްމަދު އިކްޝާން އިހުސާން

ރަށު އެކްސްޕޯގެ ވެނިއު ޕާޓްނަރަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަަށް ބާއްވާ ޑޮމެސްޓިކް ޓޫރިޒަމް އެކްސްޕޯ، އަންނަ މަހުގެ 13 އިން 15 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މި ޕާޓްނާޝިޕަކީ ރަނުގެ ފުރުސަތެއް ކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ ދި ޓްރެވެލް ގައިސް އިން ބުނެއެވެ.

ޓްރެވެލް ގައިޒްގެ ޑައިރެކްޓަރު ޑރ. ހުސެއިން ސަނީ އުމަރު ވިދާޅުވީ މިއަހަރުގެ ރަށު އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށްޓަކައި އެޗްޑީސީއާއެކު މަސައްކަތްކުރުމަކީ ފަހުރުވެރިވާކަމެއް ކަމަށެވެ.

"މި ގުޅުމުން ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ ލަނޑުދަނޑި ކަމަށްވާ، ޑޮމެސްޓިކް ފަތުރުވެރިކަން އިތުރަށް ހަރުދަނާކޮށް، އާންމުންގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުން. އެޗްޑީސީގެ އެހީތެރިކަމާއެކު، މި އިވެންޓަކީ ބައިވެރިންނަށާއި ޒިޔާރަތްކުރާ މީހުންނަށް ފައިދާކުރާނެ، އަދި ހަނދާންނުނެތޭ ވަރުގެ އިވެންޓަކަށް ހަދާނަން،" ސަނީ ވިދާޅުވިއެވެ.

ރަށު އެކްސްޕޯގެ ދަށުން ގެސްޓްހައުސްތަކާއި ލޯކަލް ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ރާއްޖޭގެ ރަށްރަށުގެ ތަފާތު ހުށަހެޅުންތައް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.